އަހަރީ ހިސާބުތައް ނިންމުމަށްޓަކައި މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭންކްގެ ބްރާންޗްތައް ބަންދުވާނެކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
އެ ބޭނުން ބުނެފައިވަނީ މިއަހަރުގެ އަހަރީ ހިސާބު ނިންމުމަށްޓަކައި 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހު ބޭންކުގެ ބްރާންޗް ބަންދުވާނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށާއި އެއަށް ފަހު ދެން ބްރާންޗްތައް ހުޅުވޭނީ 2 ޖަނަވަރީ 2023 ވާ ހޯމަ ދުވަހު ކަމަށެވެ. މި މަހުގެ 30 ވަނަ ދުވަހަކީ ހުކުރު ދުވަހެކެވެ. 31 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެކެވެ. އަދި އަންނަ 2023 ވަނަ އަހަރުގެ ފުރަތަމަ އާދީއްތަ ވާ ޖަނަވަރީ އެއްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އާއްމު އުސޫލުން މި ދުވަސްތަކުގައި ބޭންކްގެ ބްރާންޗުތައް ބަންދުވާނެއެވެ.
މީގެ އިތުރުން، ބީއެމްއެލުން ބުނީ އަހަރީ ހިސާބުތައް ނިންމަން ބްރާންޗްތައް ބަންދުކުރި ނަމަވެސް ބޭންކްގެ ސެލްފް ސާވިސް އޭޓީއެމްތަކާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ ކަމަށެވެ.
އަދި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް