ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ އެވެ. އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގަ އެވެ. ޔާމީންގެ އިތުރު މި ދައުވާ...

25 Dec 2022 | 07:34

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ އެވެ.

އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގަ އެވެ. ޔާމީންގެ އިތުރު މި ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލި އެވެ.

ދައުލަތުން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ އާރަސް ކުއްޔަސް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި ލޯންޑާ ކުރެއްވި ކަމަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭއިރު، ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް އެވަރުގެ އަދަދެއްގެ ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.

ހުކުމުގައި ބުނީ ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެންވެ، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ވެސް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް