ކްރީމް ޖެހި ބަނަހެއް ކައިގެން އެލާޖިކްވި މަރިޔަމް ޒައީމާ މޫސާ (މަރީ)އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އައިޖީއެމްއެޗު ކެންޓީނުން މަރީ ބަނަސް ކެއިތާ މާ ގިނައިރުތަކެއް ނުވެ އޭނާގެ މުޅި ގައި ހިރުވައި، ނޭވާލާން އުނދަގޫވާން ފެށުމުން ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 30 ވަރަކަށް މިނެޓަށް ހިތް ހުއްޓުނެވެ. އާއިލާއިން ބުނީ އޭނާގެ ހިތް ހުއްޓުނީ އައިޖީއެމްއެޗުގެ އެމަޖެންސީން ޖެހި އިންޖިކްޝަނަކުން ކަމަށެވެ.
އެ މައްސަލައިގަ އައިޖީއެމްއެޗުން ވަނީ މައާފަށް އެދިފައި އެވެ.
އެ ދުވަހުން ފެށިގެން މާލެ އާއި އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް މަރީ ނިޔާވީ މިއަދު ހެނދުނު އެވެ. ނިޔާވި އިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ އިންޑިއާގެ ކޮޗިންގެ އެސްޓާ މެޑް ސިޓީ ހޮސްޕިޓަލުގައި އެވެ.
އާއިލާއިން "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ ރެއިން ފެށިގެން މަރީގެ ފުއްޕާ މަސައްކަތް ކުރުން ހުއްޓިފައިވާތީ ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށެވެ. އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ މަރީގެ ހަށިގަނޑު މާލެ ގެނައުމަށެވެ.
އެ އާއިލާއިން ވަނީ މަރީގެ ފަރުވާއަށް ފައިސާ އެއްކުރުމަށް ގިނަ ފަންޑްރައިޒިން ހަރަކާތްތަކެއްވެސް ހިންގާފައި އެވެ. އާއިލާއިން ވަނީ މަރީއަށް އެހީވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައި އެވެ.
މަރީ ނިޔާވިއިރު 10 އަހަރުގެ އަންހެން ދަރިއަކު އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް