ހުކުމް ޝަރީއަތް ލަސްކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ނުލިޔެވިގެން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމަށް މިއަދު ތާވަލު ކޮށްފައިވާ ޝަރީއަތް ލަސްވަނީ ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ނުލިވިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއ...

25 Dec 2022 | 06:06

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމަށް މިއަދު ތާވަލު ކޮށްފައިވާ ޝަރީއަތް ލަސްވަނީ ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ނުލިވިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ ވ. އާރަށު މައްސަލައިގަ ޔާމީނާއި ދެކޮޅަށް އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދައުވާގައި އެވެ. ހުކުމް އިއްވުން ތާވަލު ކޮށްފައި އޮތީ މިއަދު ހެނދުނު9:00 އަށެވެ.

އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ހުކުމް ކުރަނީ ނާއިންސާފުން ކަމަށެވެ. އަދި ހުކުމް ކުރުމުގެ ޝަރީއަތް ނުފެށި ލަސްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުކުމް އިއްވުން ލަސްވެގެން އުޅެނީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ނުލިޔެވިގެން ކަމަށެވެ. އަދި ސަރުކާރުން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޮރުވައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ލިޔުއްވަން އަންގަމުންދާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކޮންމެ ގޮތަކަށް ހުކުމް ކުރި ނަމަވެސް ޔާމީނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަހައްދަށް ޖަމާވުމަށް ގޮވާލެއްވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުމް ކުރރުމުގެ މަޖިލީސް ލަސްވަނީ އިދާރީ މަސައްކަތްތަކެއް ނުނިމޭތީ އެވެ.

ކްރިމިނަލް ކޯޓު ތައްޔާރު ނުވާތީ ރައީސް ޔާމީންވެސް އަދި ކޯޓަށް ވަޑައެއް ނުގެންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް