ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝިމާޒު ބަދަލު ކުރީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭނާ ވަޒީފާ އަދާ ކުރަން ޖެހޭ މިނިސްޓްރީ ބަދަލު ކުރީ މިދިޔަ ހަފްތާގައި އެވެ.
މިގޮތަށް ނިންމި ސަބަބު މިއުވާން ހާމައެއް ނުކުރައްވަ އެވެ. އަދި މައްސަލަ ބަލާ ނިމުނު ގޮތެއްވެސް ނޭނގެ އެވެ.
ޝިމާޒަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓުގެ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގައި ކޮރަޕްޝަނަސް މަގުފަހިވާގޮތަށް އަމަލު ކުރުން ހިމެނެ އެވެ.
ޝިމާޒްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައި އެވެ. އެ މަގާމަށް ބަދަލުކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި ސަޕްސެންޑު ކޮށްފައި ނުންނަތާ ހަ މަސް ފަހުންނެވެ.
ޝިމާޒަކީ އެމްއާރުއެމްގެ ސްލޮޓެއްގައި ސިޔާސީ މަގާމުގައި ހުންނަވާ ބޭފުޅެކެވެ ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް