ވިހެއުމަށް ފަހު ހިކެން ބޭނުންވާ މައިންނަށް އާލިއާ ނަސޭހަތެއް ދީފި!

ވިހެއުމަށް ފަހު ހިކެން ބޭނުންވާ މައިންނަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވަރަށް ރަނގަޅު ނަސޭހަތެއް ދީފި އެވެ. އާލިއާއަށް ފުރަތަމަ ދަރިފުޅު ރަހާ ކަޕޫރު ލިބުނީ މިދިޔަ މަހު އެވެ. ވިހޭއިރު ވަރަށް ފަލަވެފަ...

25 Dec 2022 | 05:06

ވިހެއުމަށް ފަހު ހިކެން ބޭނުންވާ މައިންނަށް ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވަރަށް ރަނގަޅު ނަސޭހަތެއް ދީފި އެވެ.

އާލިއާއަށް ފުރަތަމަ ދަރިފުޅު ރަހާ ކަޕޫރު ލިބުނީ މިދިޔަ މަހު އެވެ. ވިހޭއިރު ވަރަށް ފަލަވެފައި ހުރި އާލިއާ މިހާރު ހިކެން ފަށާފައިވާއިރު އޭނާ މާ އަވަހަށް ކަސްރަތު ކުރަން ފެށި ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔަ އެވެ.

އާލިއާ ކަސްރަތު ކުރަނިކޮށް ނަގާފައިވާ ފޮޓޯ އަކާއި އެކު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ އެފަދަ މައިން ކަސްރަތުކޮށް ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލާއި ގުޅޭގޮތުން ނަސޭހަތް ދީފައި އެވެ.

އާލިއާ ބުނެފައިވާ ގޮތުގައި ވިހޭތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ކަސްރަތު ކުރަން ފެށި އެވެ. ފުރަތަމަ ދެ ހަފްތާ އޭނާ ޓްރެއިނަރު ކައިރިއަށް ގޮސް ކުރިހާވެސް ކަމަކީ ފުންކޮށް ނޭވާލުމެވެ. އާލިއާ ބުނީ އެ ކަސްރަތުން އޭނާއަށް ހަމަޖެހުން ލިބުނު ކަމަށެވެ.

އޭނާ ހިކެން ފެށި ހުރިހާ ކަސްރަތެއްވެސް ކުރަނީ ޓްރެއިނަރުގެ އިރުޝާދާއި އެއްގޮތަށް ކަމަށާއި ނޭވާގެ ކަސްރަތަކީ ހަށިގަނޑު އެހެން ކަސްރަތުތަށް ކުރަން ހަމަޖެހިއްޖެތޯ ބަލަން ކުރި ކަމެއް ކަމަށެވެ.

ހަށިގަނޑާއި ނުބައްދަލު ކަސްރަތު ނުކޮށް، ދަރިއަކު ބަނޑުގައި ބާއްވައިގެން ހޭދަކުރި ދުވަސްތައް މަތިން ހަނދާން ކޮށްލުމަށް އާލިއާ އިރުޝާދު ދިނެވެ. އޭނާ ބުނީ ބަނޑުބޮޑުއިރު ކުރަން ޖެހުނު އިހުސާސްތަކާއި އެކު ވިހެއުމަށް ފަހު ހަށިގަނޑަށް މާ ބޮޑު ބުރައެއް ނުޖައްސަން އޭނާ ނިންމައިގެން ހުރި ކަމަށެވެ.

https://www.instagram.com/p/Cmi-jJaM9ri/

އާލިއާ ބުނީ ހަށިގަނޑާއި ނުބައްދަލު ކަސްރަތު ހިކެން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ލިބިފައިވަނީ ތަފާތު ހަށިގަނޑެއްކަން ހަނދާން ކުރަން އެދިފައިވެ އެވެ.

އާލިއާ ބުނީ ވިހާ ގޮތަށް ކަސްރަތު ކުރަން ފަށަން ވާނީ ޑޮކްޓަރުންގެ އިރުޝާދާއި އެކު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް