އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ނަފުރަތު އުފެދޭގޮތަށް ވާހަކަދެއްކިކަމަށް ތުހުމަތު ކުރެވޭ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޗެނަލް 13 ހިމެނޭ ސަރަހައްދުންނެވެ. އަ...

25 Dec 2022 | 04:28

ނަފުރަތު އުފެދޭގޮތަށް ވާހަކަދެއްކިކަމަށް ތުހުމަތު ކުރެވޭ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޗެނަލް 13 ހިމެނޭ ސަރަހައްދުންނެވެ.

އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ އެކައުންޓަކުން، އިންޑިއާ އެމްބަސީގައި އަލިފާން ރޯކުރަން ހިތްވަރު ލިބޭގޮތަށް ޓްވީޓެއް ކުރި މައްސަލައެއް ވަނީ ހޫނުވެފައެވެ.

އެ ޓްވީޓްގެ މައްސަލަ ސިޔާސީ ޕާޓީތަކާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް ކުށްވެރިކޮށްފައިވެއެވެ.

އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރުކޮށްފައިވާއިރު އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި، މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމަބްސީގައި އިސް މަގާމެއް އަދާކުރެއްވި ފަރާތެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް