މިހިނގާ 2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނައިން ސާޗްކުރި ބަހަކީ ވާޑްލް ކަމުގައި ދައްކައިފިއެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ ގޫގަލްއިން ކޮންމެ އަހަރަކު ހާމަކުރާ ގޫގަލް ޓްރެންޑްސްގައެވެ.
ގޫގަލްގެ މި މައުލޫމާތުތަކަށް ބަލާލާއިރު އެންމެ ގިނައިން ސާޗްކުރި ބަސްތަކުގެ ތެރޭގައި ވާޑްލްގެ އިތުރުން ވޯލްޑްކަޕް، އައިފޯން 14 ހިމެނެއެވެ.
ހަބަރު ކެޓަގަރީއަށް ބަލާލާއިރު އެންމެ ކުރީގައި އުޅެނީ ޔޫކްރޭންއެވެ. ދެވަނައިގާ ކުއީން އެލިޒަބަތުގެ ޖަނާޒާގެ ވާހަކަ ހިމެނޭއިރު މަންކީ ޕޮކްސް މި ކެޓަގަރީގައި ހިމެނެއެވެ.
އެންމެ ގިނަ މީހުން ސާޗްކުރި ނަންތަކަށް ބަލާއިރު ޖޮނީ ޑެޕް، ވިލްސްމިތު އަދި އެމްބަރ ހާޑް އުޅެނީ އެންމެ ކުރީގައެވެ. އެންމެ ގިނައިން ސާޗްކުރި ތިން ފިލްމަކީ ތޯރ: ލަވް އެންޑް ތަންޑާ، ބްލެކް އެޑަމް އަދި ޓޮޕް ގަން މަވެރިކް އެވެ.
އެންމެ ގިނައިން ސާޗްކުރި ރެސިޕީއަކީ ޕަނީރް ޕަސަންދާ ރެސިޕީއެވެ. މި ލިސްޓުގައި އޯވަނައިޓް އޯޓްސް އއި ބޮލޮ ކަސެއިރޯގެ އިތުރުން ބާބާ ގަނޫޝް އާއި ޕާސްތާ ސެލެޑް ހިމެނެއެވެ.
އެންމެ ގިނައިން ސާޗްކޮށްގެން އަޑުއެހި ލަވަޔަކަށް ވެފައިވަނީ ކެއިސްޔާ ލެވްރޮންކާގެ ތަކް އިންގިން އުސައި އެވެ. ދެވަނައިގާ އަލީ ސެތު އަދި ޝައެ ގިލްގެ ޕަސޫރީ ހިމެނޭއިރު އެންމެ ގިނައިން ސާޗްކުރި ޓީވީ ޝޯގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޔޫފޯރިއާ އަދި ހައުސް އޮފް ޑްރެގަންސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް