ދުވަހުގެ މޫސުން: މެދުރާއްޖެއާއި ދެކުނަށް ވިއްސާރަ، އުތުރަށް މޫސުން ރަނގަޅު

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި ދެކުނަށް ވިއްސާރަވުން އެކަށީގެންވާކަމަށާއި ނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް...

25 Dec 2022 | 01:40

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު މެދުރާއްޖެއާއި ދެކުނަށް ވިއްސާރަވުން އެކަށީގެންވާކަމަށާއި ނަމަވެސް އުތުރުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަން ހާމަކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު އަދި މެދުރާއްޖެއާއި އުތުރުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.

ދެކުނުގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް