މުލިއާގޭ ކައިރީގައި ހުރި ގޮތް ނޭނގޭ ފޮށީގައި ހުރީ ކުނި!

މުލިއާގޭ ކައިރީގައި މިއަދު ބަހައްޓާފައި ހުރި ގޮތް ނޭނގޭ ފޮށީގައި ހުރީ ހުސް ކުނި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެ ސަރަހައްދުގައި އެ ފޮށި ބަހައްޓާފައި ހުރުމުން މުލިއާގެ ހިމެނޭ ސަރަހައްދު ސިފައިން...

25 Dec 2021 | 18:40

މުލިއާގޭ ކައިރީގައި މިއަދު ބަހައްޓާފައި ހުރި ގޮތް ނޭނގޭ ފޮށީގައި ހުރީ ހުސް ކުނި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ސަރަހައްދުގައި އެ ފޮށި ބަހައްޓާފައި ހުރުމުން މުލިއާގެ ހިމެނޭ ސަރަހައްދު ސިފައިން ބަންދު ކުރީ މިއަދު ހަވީރު6:06 ހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ފޮށި ބަހައްޓާފައި ހުރީ މުލިއާގޭ ހުޅަނގު ދެކުނު ކަންމަތީ އަނެއް ފަރާތު ޕޭވްމަންޓު މަތީގައި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދު ބަންދު ކުރީ އެ ފޮށި ބަހައްޓާފައި ހުރި ސަރަހައްދަކީ އެފަދަ އެއްޗެހި ބެހެއްޓުން މަނާ ސަރަހައްދަކަށް ވާތީ ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެފޮށި އެސަރަހައްދުން ނަގައި ތަން ކްލިއާ ކުރީ މިރޭ7:26 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް