ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
މިއީ ލ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ކުރިއަށް ގެންދާ މަޝްރޫޢު އެކެވެ.
އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދެވެ.
މި މަޝްރޫޢުގެ ދަށުން، މަރުކަޒީ އިންޖީނުގޭގައި ބެޓެރީ ރޫމަކާއި، މީޓިން ރޫމަކާއި، ކޮންޓްރޯލް ރޫމަކާއި އަދި ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން މި އިންޖީނު ގެއިން 1.2 މެގަ ވޮޓް ގެ ކަރަންޓް ފޯރު ކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ކަލައިދޫ ކައުންސިލްގެ ރައީސް އަހްމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލްގެ ރައީސް އިބްރާހިމް މިމްރާހު ބައިވެރިވެ ވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް