މަހަމޫދުގެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ

އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ. މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް...

25 Dec 2021 | 18:26

އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)އާއި ދެ ކޮޅަށެވެ. ކްރިމިނަލް ކޯޓުން މައްސަލައިގެ އަޑު އެހުން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:30 ގައި އެވެ.

ސާލިމާއި ދެކޮޅަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ބުނެފައިވަނީ މަހުމޫދު މަރާލީ ފައިސާ ދޭން އެދުމުން ނުދީގެން ކަމަށެވެ. މަހުމޫދަކީ އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރި އެކެވެ.

މަހުމޫދު ވަނީ ފުލުހުންގެ ތަހުގީގުގައި މަހުމޫދު މަރާލި ކަމަށް އެއްބަސްވެފައި އެވެ. އަދި އެ ކަމުގައި އިތުރު މީހަކު ބައިވެރި ނުވާކަމަށް ބުނެފައިވެ އެވެ.

ސާލިމަކީ އެ ރަށުގައި އުމުރުން ދުވަސްވީ ފިރިހެނަކު ބަލަން ހުންނަ މީހެކެވެ. އެމީހާ އާއި އެކު ސާލިމް ދިރިއުޅުނީ އެ ގޭގައި އެވެ. އޭނާ މަހުމޫދު މަރާލީ އެ ގޭ ގޯތިތެރޭގައި އެވެ.

މަހުމޫދު މަރާލާފައި އޮއްވަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ15 ވަނަ ދުވަހު މެންދުރު އެ ރަށު ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއިންނެވެ. އޭނާ މަރާލީ14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް