ގޭގައި ހުރެހުރެ ފޫހިވެގެން ޗުއްޓީއަށް ދިޔައިރަށް ނަހުލާއަށް ކޯވިޑް ޖެހިއްޖެ

މަޝްހޫރު ޑައިރެކްޓަރު އަދި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ކޯވިޑް ޖެހުނު އިރު ނަހުލާ ހުރީ ޔޫއޭއީގެ ދުބާއީގައި ޗުއްޓީ ހޭދަ ކުރަން ގޮހެވެ. ނަހުލާއަށް ކޯވިޑް ޖެހު...

25 Dec 2021 | 17:14

މަޝްހޫރު ޑައިރެކްޓަރު އަދި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ކޯވިޑް ޖެހުނު އިރު ނަހުލާ ހުރީ ޔޫއޭއީގެ ދުބާއީގައި ޗުއްޓީ ހޭދަ ކުރަން ގޮހެވެ. ނަހުލާއަށް ކޯވިޑް ޖެހުނުކަން ހާމަ ކުރީ މިރޭ ފޭސްބުކް މެދުވެރިކޮށެވެ.

އޭނާ ބުނީ ކޯވިޑް ޖެހިފައިމިވަނީ ދެ އަހަރު ވަންދެން ގޭތެރޭގައި އުޅުމަށް ފަހު ޗުއްޓީ ހޭދަކޮށްލަން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. ނަހުލާ ބުނީ މިދިޔަ ދެ އަހަރު އޭނާ އުޅުނީ ކޯވިޑް ޖެހިދާނެތީ މަސައްކަތާއި ދުރުގައި، ގޭގެ އެއް ފަންގިފިލާއިން އަނެއް ފަންގި ފިލާއަށްވެސް ނުގޮސް ކަމަށެވެ.

ނަހުލާ ދުބާއީއަށް ގޮސް އުޅެނީ އާއިލާ އާއި އެކު އެވެ.

ނަހުލާ މިވަގުތު ހުރީ އޭނާ ދުބާއީގައި ޗުއްޓީ ހޭދަ ކުރަން ހުރި އެޕާޓްމެންޓުގައި 10 ދުވަހަށް ކަރަންޓީން ވެގެންނެވެ.

ނަހުލާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ފިލްމު "ސޮރީ" އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން އޮތީ އިއުލާނު ކޮށްފަ އެވެ. އެކަމަކު އެ ފިލްމާއި ގުޅޭ މައުލޫމާތު ފަހުން ހާމަކޮށްފައެއް ނުވެ އެވެ.

ނަހުލާގެ ޑައިރެކްޓު ކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކަލާޔާނުލާ"، "ޔޫސުފް"، "4426"، އަދި "ބޮސް ހިމެނެ އެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް