ގއ. އިން ފެށިގެން އަތޮޅާއި ހަމައަށް ވައިޓް އެލާޓް (ސަމާލު އެލާޓް) ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިރޭ 8:00 އިން ފެށިގެން މިރޭގެ 12:00 އާއި ހަމައަށެވެ.
މި ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ދެކުނަށް އެލާޓް ނެރެ ފައިވާ އިރު، އެ އިދާރާއިން ހާމަކަޮށްފައިވާ ގޮތުގައި ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖޭގެ ޖައްވަށް ކުރަމުން އެބަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް