ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެއް ކަމުގައިވާ ކްލީން މޯލްޑިވްސްގެ ފަރާތުން ހުޅުމާލެ ގެ ދެވަަނަ ފިޔަވަހީގައި 1،500 ގަސް އިންދަން ނިންމައިފި އެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުށްގަނޑު ސަރަހައްދުން މާދަމާ ހަވީރު 04:00 ޖަހާއިރު އެވެ.
މި ރަސްމިއްޔާތު ޝަރަފު ވެރި ކޮށްދެއްވާނީ އެންވަޔަރަންމަންޓް މިނިސްޓަރ އައިޝަތު ޝައުނާ އެވެ.
ކްލީން މޯލްޑިވްސް އިން ބުނީ އެޗްޑިސީ އަށް ހަދިޔާ ކުރަން ހަމަޖެހިފައިވާ 3،500 ގަހުގެ ތެރެއިން މާދަމާ 1،500 ގަސް އިންދާނެ ކަމުގައެވެ.
ކްލީން މޯލްޑިވްސް އިން ބުނީ އެ ޖަމިއްޔަގެ ފަރާތުން އެޗްޑީސީ އަށް 1،500 މަގޫ ގަސް ހިމެނޭހެން 500 ހިރުނދު ގަހާއި،500 ކުރެދި ގަހާއި، 500 ދިއްގާ ގަހާއި، 500 ދިވެހި ރުށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް