ކާޗާ ބަދަމް: ބަންގްލަދޭޝްގައި ބަދަން ވިއްކާ މީހެއްގެ މަގްބޫލުކަން މުޅި ދުނިޔެއަށް

މީގެ ދުވަސްކޮޅެއް ކުރިން ޔޫޓިއުބްގައި އެންމެ ފުރަތަމަ ކާޗާ ބަދަމް ނަމަކަށް ކިޔާ ލަވައެއް ވައިރަލްވެގެންދިޔައެވެ. މި ވީޑިއޯގައި ފެންނަނީ ބަަންގްލްދޭޝަށް ނިސްބަތްވާ ބަދަން ވިއްކާ މީހަކު ބަދަން ވިއްކުމަށ...

25 Dec 2021 | 16:03

މީގެ ދުވަސްކޮޅެއް ކުރިން ޔޫޓިއުބްގައި އެންމެ ފުރަތަމަ ކާޗާ ބަދަމް ނަމަކަށް ކިޔާ ލަވައެއް ވައިރަލްވެގެންދިޔައެވެ.

މި ވީޑިއޯގައި ފެންނަނީ ބަަންގްލްދޭޝަށް ނިސްބަތްވާ ބަދަން ވިއްކާ މީހަކު ބަދަން ވިއްކުމަށްތަކައި އަންބާއެއްގެ ގޮތުގައި ލަވައެއް ކިޔާ މަންޒަރެވެ.

ލަވައިގެ ލިރިކްސް:

އައެ ބަދާމް ހަސެޕަލަ މަތަރް ޗިރަ ޗުލް ސިޓި ގޮލްޑް އެރް ޗުރި މަލަ ދިޔެ މޮބައިލެ ބޮޑު ވަންގަ ދިޔޭ ބަދަމް

މޮބައިލަ ބޮޑި ގުލޮ ޕަންޗް ޓަކާ ދަމް

ޕާޔަރް ތުރަ ހާތަރު ބަލަ ތަކެ ސިޓި ގޮލްޑަރް ޗެއިން

ދިޔާ ޖަބެން

ތަތެ ސޮމަން ސޮމަން ތޮމްރަ ބަދާމް ޕަބެން

ބަދާމް ބަދަމް ދަދަ ކަޗާ ޗަބަދަމް

އަމަރް ކަޗެ ނައިކޮ ބުބު ވަޖާ ބަދަމް

އަމަރް ކަރެ ޕަބެން ސުދު

ކާޗާ ބަދަމް

https://www.youtube.com/watch?v=KOp40YPoYMI

މި ލަވަ ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިއުމާއެކު ގިނަ ބަޔަކު އަންނަނީ އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތަށް މި ލަވައިގެ ބޭނުން ހިފަމުންނެވެ. އިންޑިއާގެ ބައެއް މިއުޒީޝަނުންވެސް މިހާރު ވަނީ މި ލަވައަށް ރިމިކްސް ހަދައިފައެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް މިއުޒީޝަނަކީ ޔަޝްރާޖް މުކާޓޭ އެވެ.

އިންޑިއާގައި ސޯޝަލް މީޑިއާއިން މަޝްހޫރުވެގެންދިޔަ ރާނޫ މޮންޑަލްވެސް މި ލަވަ މިހާރު ކިޔާފައިވެއެވެ.

https://www.youtube.com/watch?v=o8g6gdR_PQM

މީގެ އިތުރުންވެސް އެތައް ބަޔަކު މި ލަވައިގެ އެތައް ވާސަނެއް މިހާރު އުފައްދާފައިވާއިރު މި ލަވައިގެ އަސްލު ވެރިޔާ ކަމަށްވާ، ބަދަން ވިއްކާ ބުބަން ބަދްޔާކަރު މިހާރުވަނީ މި ލަވައިގެ ކޮޕީރައިޓްސް ރަޖިސްޓްރީ ކޮށްފައެވެ. އެގޮތުން މިހާރު މި ރާގު ބޭނުންކޮށްގެން މީޑިއާ ޕްލެޓްފޯމްތަކުގައި ފައިސާ ހޯދާނަމަ އޭގެން ބައެއް މިހާރު ބުބަން އަށް ލިބެމުންދާނެއެވެ.

ބުބަން ބަދްޔާކަރު މި ރާގުގެ ކޮޕީރައިޓްސް ރަޖިސްޓްރީކޮށްފައިވަނީ ގޮދުލި ބޭލާ މިއުޒިކް ނަމަކަށްކިޔާ ކުންފުންޏެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް