ކަވާނީ ޔުނައިޓެޑުގައި ހުރީ ހިންހަމަ ޖެހިގެނެއް ނޫން - އެންޑްރޫ ކަރީ

އިނިގިރޭސި ކުލަބް މެނޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއާއީ ފޯވާޑް އެޑިން ކަވާނީ ޔުނައިޓެޑް ގައި ހުރީ ހިއްހަމަ ޖެހިގެން ނޫން ކަމަށް އޭނާގެ އޭޖެންޓް އެންޑްރޫ ކަރީ ބުނެފިއެވެ. ފްރާންސްގެ ޕީއެސްޖ...

25 Dec 2021 | 14:31

އިނިގިރޭސި ކުލަބް މެނޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުރުގުއާއީ ފޯވާޑް އެޑިން ކަވާނީ ޔުނައިޓެޑް ގައި ހުރީ ހިއްހަމަ ޖެހިގެން ނޫން ކަމަށް އޭނާގެ އޭޖެންޓް އެންޑްރޫ ކަރީ ބުނެފިއެވެ.

ފްރާންސްގެ ޕީއެސްޖީން 2020 ވަނަ އަހަރު ޔުނައިޓެޑާއި ގުޅުނު ފޯވާޑް ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ކަވާނީގެ އޭޖެންޑް އެންޑްރޫ ބުނީ ކަވާނީ އަށް ޔުނައިޓެޑްގައި ކުޅެން ލިބޭ ފުރުސަތު މަދުވުމަކީ އޭނާ އެންމެ ބޮޑަށް ހިންހަމަ ނުޖެހޭ އެއް ސަބަބު ކަމަށާއި މި ސީޒަނަށް ފަހު ކަވާނީ ކުލަބު ދޫކޮށްލުމުގެ ވިސްނުން އެބަ ގެންގުޅޭ ކަމަށެވެ.

އެންޑްރޫ ބުނީ ނިމިގެން ދިޔަ ސީޒަނާއި ޚިލާފަށް މިފަހަރުގެ ސީޒަނުގައި ކަވާނީއަށް ޓީމުން ލިބޭ ފުރުސަތު ބޮޑުތަން މަދުވެފައިވާ ކަމަށާއި އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ކަވާނީއަށް ޔުނައިޓެޑުން 39 މެޗުގައި ކުޅުމުގެ ފުރުސަތު ލިބުނުއިރު، މިފަހަރުގެ ސީޒަނުގައި މިހާތަނަށް ފުރުސަތު ލިވިފައިވަނީ އެންމެ އަށް މެޗުން ކަމަށެވެ. އެހެން ކަމުން މިގޮތަށް ޓީމުން ފުރުސަތު ނުލިބޭނަމަ އަންނަ ސީޒަނުގައި އެހެން ކުލަބަކުން ކަވާނީ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެންޑްރޫ ބުންޏެވެ.

ކަވާނީ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ހަ މަހަށް ގާތް ވެފައިވާއިރު، ޔުނައިޓެޑުން އޭނާގެ އެއްބަސްވުން އާކުރުމުގެ ވާހަކަތައް ކުރިޔަށް ގެންދާނެތޯ ނުވަތަ ނޫންތީ ވަނީ ސުވާލުއުގެދިފައެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން ކަވާނީ ދޫކޮށްލަން ބޭނުން ނުވާކަމަށް ވާހަކަ ދެކެވުނަށް އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސްޕެއިންގެ ބާސެލޯނާއިން އަންނަނީ ކަވާނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި ރަސްމީ ސިފައެއްގައި މިކަން ކުރިޔައް ނުދާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ކަވާނީގެ އޭޖެންޑް ބުނެފައިވާ ގޮތުގައި ކަވާނީ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ދެން ބަދަލުވުމަށް ވިސްނާފައިވަނީ ބްރެޒިލްގެ ކޮރިންތިއަންސްއަށެވެ. ނަމަވެސް ޔޫރަޕްގެ ބޮޑު ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ކަވާނީ ބްރެޒިލް އަށް ނުދާނެ ކަމަށް އޭނާގެ އޭޖެންޑް ވަނީ ބުނެފައެވެ.

2020 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީން ޔުނައިޓެޑާއި ގުޅުނު ކަވާނީ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 47 މެޗުގައި 18 ގޯލް ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް