އަދަލަތުން ނެރުނު ބަޔާނަކީ އިންޑިއާ ހައި ކޮމިޝަނުގެ އެންގުމެއް: ސައީދު

އިދިކޮޅުގެ ކޯލިޝަންގެ "އިންޑިއާ އައުޓް" ކެމްޕެއިނާއި ގުޅޭގޮތުން މިއަދު އަދާލަތު ޕާޓީން ނެރުނު ބަޔާނަކީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އެންގުމެއް ކަމަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ...

25 Dec 2021 | 14:03

އިދިކޮޅުގެ ކޯލިޝަންގެ "އިންޑިއާ އައުޓް" ކެމްޕެއިނާއި ގުޅޭގޮތުން މިއަދު އަދާލަތު ޕާޓީން ނެރުނު ބަޔާނަކީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އެންގުމެއް ކަމަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ބޭލުމަށް ގޮވާލާ ކުރިޔަށް ގެންދާ ކެމްޕެއިނެކެވެ. އެމްއެންޑީއެފުން ބުނީ ރާއްޖޭގައި އިންޑިއާގެ75 ސިފައިން ގާއިމްވެ އެބަތިބި ކަމަށެވެ.

އަދާލަތުން މިއަދު ނެރުނު ބަޔާނުގައި ބުނީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާލީ އަމަލުތަކެއް ކަމަށެވެ. މި އަމަލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުރެ ކުރިޔަށް ގެންދާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބަޔާނަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ އިންޑިއާ ހައި ކޮމިޝަންގެ އެންގުންތައް ސަރުކާރު ކޯލިޝަންގެ ލެޓާ ހެޑްތަކުގައި ނެރުން ގޯސް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން އަޑު އުފުލަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ކަމަށެވެ.

ސައީދު ވިދާޅުވީ އުތުރު ތިލަފަޅު މަޝްރޫއު ކުރިޔަށް ގެންދަން އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުން އަދާލަތަށް ނުފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއްބަސްވުން ގާނޫނާއި ހިލާފު ކަމަށާއި، އައްޑޫ ސިޓީ އާއި ހދ. ހަނިމާދޫ އިންޑިއާ އަތުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.ދ

މީގެ އިތުރުން ހައިޑްރޯގްރަފީ ޑީލްވެސް ގޮސް ކަމަށް ސައީދު ވިދާޅުވި އެވެ.

https://twitter.com/em_saeed/status/1474618742197809152

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް