ހިޔާ ފްލެޓެއްގެ13 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގަިއިފި އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު5:16 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ނުވަ ވަނަ ޓަވަރުގެ ހަތް ވަނަ އެޕާޓްމެންޓުގައި އެވެ.
އޮފިސަރު ވިދާޅުވީ އަލިފާން ރޯވީ ފަޔާ އެންޑް ރެސްކިއު ޓީމުން އެތަނަށް ދިއުމުގެ ކުރިން އަލިފާން ނިވާލާފައިވާ ކަމަށެވެ.
އަލިފާން ރޯވީ އެ އެޕާޓްމެންޓުގެ ދޮރުމަތީގައި ހުރި ކުނިތަކެއްގައި އެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ވަނީ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އުސް އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލު ކުރާނެ ގޮތުގެ އެކްސަސައިޒްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް