ކޮވިޑްގެ ބަލިމަޑު ކަމުން އަދިވެސް އަރަނުގަނެވޭތީ އާއި މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވެފައި ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް ވީހާ ވެސް މަދުކުރަން ނުވަތަ ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު ރާއްޖެ އިން ބޭރަށާއި ރަށްރަށަށް ދަތުރުކުރުމާއި ހިތާނީ ހަފުލާތައް އިތުރު ވެފައި ވާތީ، ކޮވިޑު-19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައެވެ.
އެގޮތުން ރާއްޖޭގައި އެތެރޭގައި ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކަމުގައި އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ އަލާމާތެއް ހުރި ނަމަ ދަތުރުނުކުރުމާއި ވީހާ ވެސް އަވަހަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވާން ޖެހޭނެ ކަމުގައެވެ. އަދި ބޭރުގައި އުޅޭއިރު އާއި ގޭގެ އަށް ޒިޔާރަތް ކުރާއިރު މާސްކް އަޅައި ގައިދުރުކަން ބެހެއްޓުމާއި އެކު، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުން ހިމެެނެއެވެ.
ރާއްޖެ އިން ބޭރަށް ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ކަމުގައި އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ ދަތުރުކުރުމުގެ ކުރިން، އެ ގައުމުގެ ކޮވިޑުގެ ހާލަތާއި އެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުމާއެކު ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުން ކަމުގައެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވިދާޅުވީ ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް މަދުކުރުން ނުވަތަ މި ވަގުތަށް ފަސްކުރުން މުހިއްމު ކަމުގައެވެ. އަދި އެ ފަދަ ހަރަކާތެއް ބާއްވާ ނަމަ ވެސް ވީހާ ވެސް ހާމަ ތަނެއްގައި ބޭއްވުމާއި ޕާޓީތަކާއި ހަފުލާތަކާއި ހިތާނީތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން އެ އ ބަލީގެ ހައި ރިސްކް މީހުން އެފަދަ ތަންތަނަށް ދިއުން މަދުކުރުމަށް ވެސް އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް