އެމްޓީޑީންވެސް ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެނީ

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިންވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ނިންމައިފި އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ...

25 Dec 2021 | 08:22

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިންވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ނިންމައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވާހަރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާއްވާށެވެ.

އެމްޓީޑީން ބުނީ އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ މެމްބަރުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 ގައި އެވެ.

އެމްޓީޑީން ބުނީ ޝައުގުވެރިވާ ޕާޓީގެ މެމްބަރުން [email protected] އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

މިހާތަނަށް އެ އިންތިހާބުގައި ވާދަ ކުރާކަން އިއުލާނު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް އާއި ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން އެމްއެންޕީ އެވެ. މި ތިން ޕާޓީން ކެންޑިޑޭޓުން ކަނޑައެޅީ ޕްރައިމަރީ އަކާ ނުލަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްްޝަންގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން އީސީއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ `30 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް