މާލޭގެ ފިހާރައެއްގެ އޭސީގައި ރޯވެ ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނި އާންމުންގެ މީހަކު ހާދިސާގެ ރިޕޯޓު ކުރީ ދަންވަރު 1:30 ގައި ކަމަށެވެ.
މްއެންޑީއެފުން މިއަދު ބުނީ، ބުރުޒު މަގުން ޑރ. ޑީޑީ ޑެންޓަލް ކްލިނިކާ އިންވެގެން ހުންނަ "އެސްބީ މާޓް" ފިހާރައިގެ އޭސީގައި ރޯވި އެ އަލިފާން ގަނޑު ނިއްވާލެވުނީ1:44 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ފިހާރަ ބަންދުކޮށްފައި ހުރުމުން އެތަނުގެ މީހަކާއި ނުގުޅުމުން ފަޔާ އެންޑް ރެސްކިއު ޓީމުން ފިހާރައިގެ ތެރެއަށް ވަނީ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ.
ފިހާރައިގެ ވެރި ފަރާތުން މިއަދު މީޑިއާގައި ބުނީ އޭސީގައި ރޯވެފައިވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ. މި ހާދިސާގައި ފިހާރައިގަ ހުރި މުދަލުގެ ތިން ބައިކުޅަ އެއްބައި އަނދާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކެއުމަށް ބޭނުން ކުރާ ސާމާނެވެ.
ފިހާރައިގެ ވެރި ފަރާތުން ބުނީ އަލިފާނުގެ ހާދިސާގައި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް