ކަރީނާ ކޯވިޑުން ރަނގުވެ ވެއްޖެ، ފުރަތަމަ ބޭނުންވީ ދެ ދަރިންނަށް ދޮނެއްދޭން!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޯވިޑުން ރަނގަޅުވެއްޖެ އެެވެ. އޭނާއަށް ކޯވިޑް ޖެހުނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ގިނަ ޕާޓީތަކަކަށް ގޮސްގޮސް އުޅެނުކޮށް ކަރީނާއަށް ކޯވިޑް ޖެހުނު އިރު ބެސްޓްފްރެނ...

25 Dec 2021 | 07:45

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކޯވިޑުން ރަނގަޅުވެއްޖެ އެެވެ.

އޭނާއަށް ކޯވިޑް ޖެހުނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ގިނަ ޕާޓީތަކަކަށް ގޮސްގޮސް އުޅެނުކޮށް ކަރީނާއަށް ކޯވިޑް ޖެހުނު އިރު ބެސްޓްފްރެންޑު އަމްރިތާ އަރޯރާ އާއި އެ ގްރޫޕުގެ އިތުރު ތިން މީހަކު ޕޮސިޓިވް ވި އެވެ.

ކަރީނާ ޕޮސިޓިވްވުމުން ފިރިމީހާ ސައިފް އަލީ ހާން މުމްބާއީގެ ހޮޓަލެއްގައި ކަރަންޓީން ކުރި އިރު ދެ ދަރިންނާއި ގެންގުޅޭހާ މުވައްޒަފުންވެސް ތިބީ އެކަހެރި ކޮށްފަ އެވެ. އަދި ކަރީނާ އާއި ސައިފްގެ ގެ މުނިސިޕަލް ކައުންސިލުން ވަނީ ސީލްކޮށް ބަންދުކޮށްފަ އެވެ.

ކޯވިޑުން ރަނގަޅުވުމުން އޭނާ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ މިހާރު ކޯވިޑަށް ނެގެޓިވް ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާއަށް ހެޔޮ ދުއާ ކޮށްދިން އެންމެންނަށް ޝުކުރު އަދާ ކޮށްފައިވެ އެވެ.

އެ ލިސްޓުގެ ބައެއް ތަފްސީލްތަކަށް ބަލާއިރު ކަރީނާ ވަނީ ފިރިމީހާ 10 ދުވަސް ވަންދެން ހޮަލެއްގައި ކަރަންޓިންގައި ވަކިން ހުންނަން ޖެހުމުން ކެއްކުރި ދުވަސްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ވަކިވަކި މީހުންގެ ނަންތައް ފާހަގަކޮށް އެ މުއްދަތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ ޝުކުރު އަދާކޮށްފައިވެ އެވެ.

ޝުކުރުގެ ލިސްޓު ނިންމާލާފައިވަނީ ކަރަންޓީނުން ވީއްލުމުން މިވަގުތު އެންމެ ބޭނުން ވަނީ ދެ ދަރިންނަށް ދޮނެއް ދޭން ކަމަށް ބުނެ އެވެ.

ކަރީނާ އައި ގްރޫޕު މީހުން ޕޮސިޓިވްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ބޮލީވުޑަށް އަމާޒުވިއެވެ. އެއީ ކޯވިޑުން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް ނެތި ޕާޓީ ކުރުމާއި ގިނަ ބަޔަކު ގައިގޯޅި ކޮށް އުޅުން ބޮލީވުޑްގެ ތަރިންގެ މެދުގައި އާންމުކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް