ޅ. މަޑިވަރުގައި ތަރައްޤީ ކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފިއެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރި މަޑިވަރު އެއަރޕޯޓަށް މޯލްޑިވިއަންގެ ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު 10:00 ގައި އެވެ. އެ ފްލައިޓުން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިން ވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ހޯލްޑިންގްސުން ތަރައްޤީކުރި އެއަރޕޯޓެކެވެ.
މަޑިވަރު އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.
ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް