"މިހާރު" ނޫސް ބޯއިކޮޓް ކުރުމަކީ ނާތަހުޒީބީ އަމަލެއް: އެޑިޓާސް ގިލްޑް މޯލްޑިވްސް

ފްޓްބޯޅައިގެ ޚަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓްތައް ގެނެސްދޭ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ރާއްޖޭގެ 7 ކުލަބަކުން ދުވަހު ނޫސް "މިހާރު"  ބޯއިކޮޓް ކުރުމުގެ އަމަލަކީ ނާތަހުޒިބު އަމަލެއް ކަމަށ...

25 Dec 2021 | 04:06

ފްޓްބޯޅައިގެ ޚަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓްތައް ގެނެސްދޭ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ރާއްޖޭގެ 7 ކުލަބަކުން ދުވަހު ނޫސް "މިހާރު"  ބޯއިކޮޓް ކުރުމުގެ އަމަލަކީ ނާތަހުޒިބު އަމަލެއް ކަމަށް އެޑިޓާސް ގިލްޑް މޯލްޑިވްސް އިން ބުނެފިއެވެ.

މިހާރު ނޫސް ބޯއިކޮޓް ކުރުމާއި ގުޅިގެން އެޑިޓާސް ގިލްޑް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި އަމަލުން ދައްކުވައިދެނީ ވަރަށް ނެގެޓިވް މެސެޖެއް ކަމާއި އެއީ ކުޅިވަަރަށް އިތުރު ބަނަކަމެއް ގެނުވައިފާނެ ވިސްނުމެއް ކަމުގައި އެވެ.

ފުޓްބޯޅަޔަސް އަދި ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކި އެކި ކަންތައްތައް ކަމަށް ވިޔަސް ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާ ދާރު ކަމާއި އެކު ކިޔާ ފާޑު ކިޔުންތައް ކަމުގައި އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން ޕްރްޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި "މިހާރު" ނޫޫސް ބައިވެރިވާތީ މިހާރު ނޫސް ބަދުނާމުކޮށް 7 ކްލަބަކުން އެ މީޑީއާ ބޯއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމުގައި އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެކަން އެހެން ކުރުމަކުން، ފުޓްބޯޅައިގެ އެކިއެކި ޚަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ހުއްޓިގެން ނުދާނެ ކަމުގައި ވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

ފުޓްބޯޅަ އަކީ އެ ކުޅިވަރު ކުޅޭ ކުލަބު ތަކާއި އެ ކުޅިވަރަށް ލޯބިކުރާ، އަދި އެ ކުޅިވަރުގެ އެންމެ އެންމެ މުހިންމު އެއްބައި ކަމަށްވާ ސަޕޯޓަރުންގެ މަސްލަހަތު ވެސް ހިމެނޭ ކުޅިވަރެއް ކަމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ކުޅިވަރުގައި އިސްލާހްކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަ އެކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ އެ ކުޅިވަރުގެ ކުރިމަގަށް ޓަކައި ބޭނުންތެރި ކަމެއް ކަމުގައި ފާހަގަކޮށްފައި ވެއެވެ. އަދި މިކަމަކީ މީޑިއާގެ ފުރިހަމަ ޒިންމާ އަދާ ކުރުމުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމުގައި ބުނެފައި ވެއެވެ. މިގޮތުން މިފަދަ ފާޑު ކިޔުންތަކަކީ ބައިނަލް އަޤްވާމީ މުޖުތަމައު ބަލައިގެންފައިވާ، ކުޅިވަރު ތަރައްްޤީ ކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން، ނުފޫޒުތަކާއި ޖަޒުބާތު ތަކުން، ކްލަބްތަކާއި އެފްއޭއެމް ދުރުވެ، މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރު ކަމާއެކު ބަލައިގަތުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސް އިން ގޮވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް