ދަތް އުނގުޅުމަކީ ދުޅަހެޔޮ ސިއްޚަތެއްގައި ދެމިހުރުމަށް ޓަކައި ކުރުން ވަރަށް މުހިއްމުކަމެކެވެ. އަހަރެމެން ކާ އެއްޗެތީގެ ތެރެއިން ބައެއް ބާވަތުގެ އެއްޗެތީގެ ސަބަބުން އަނގާގައި ބެކްޓީރިއާ ނުވަތަ ޖަރާސީމު އުފެދޭގޮތް ދިމާވެއެވެ. ޚާއްޞަކޮށް ޗޮކްލެޓާއި މެޓާ ފަދަ ފޮނި އެއްޗެތި ކެއުމަށްފަހު ދަތް އުނގުޅުމަކީ ދަތްފަނި ކެއުމުން ސަލާމަތްކުރުމަށްޓަކައި ވަރަށް މުހިއްމުކަމެކެވެ.
ކާއެއްޗެތީގެ އަސަރު ބައިގަޑީ އިރަށްވުރެ ގިނައިރު އަނގައިގެ ތެރޭގައި ހުންނަގޮތް ދިވާވެއްޖެނަމަ އަނގައިގެ ތެރޭގައި އެސިޑްގެ ބައި ނުވަތަ ހުތްކަން އިތުރުވެ އޭގެ ސަބަބުން ދަތުގެ ބޭރުފަށަލަ ހަލާކުވެ ދަތްތައް ފަނިކާން ފަށާކަމަށް ދަތުގެ ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ދަތުގައި ކޮބަޑިޖަހައި ހިރުގަނޑު ހަލާކުވާގޮތް މެދުވެރިވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މަދުވެގެން ދެއިރު ދަތްތައް އުނގުޅައި ސާފުކުރުން މުހިންމެވެ.
ޚާއްޞަކޮށް ރޭ ގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުމަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި އަނގައިގެ ތެރޭ އެންމެ ގިނަ ބެކްޓީރިއާ އުފެދެނީ ރޭ ގަނޑު ދަތް ނޫންގުޅާ ނިދާނަމައެެވެ. ރޭގަނޑު ނިދުމުގެ ކުރިން ދަތް ނޫނގުޅާ ނަމަ، ދެނދުނު ހޭލާއިރު ދަތުގައި ހުންނަ ބެކްޓީރިއާ އިތުރަށް ގިނަވާކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. އެހެން ކަމުން ރޭ ގަނޑު ނިދުމުގެ ކުރިން ދަތްތައް އުނގުޅާ ސާފުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހެއެވެ. ދަތް އުނގުޅުމަށް ފަރުވާކުޑަކުރާ ނަމަ އެހެން ބައެއް ބަލިތަކަށް ވެސް މަގު ފަހިވެ އެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ދަތް ނޫންގުޅާ އަނގައިގެތެރެ ސާފުނުކުރާ ނަމަ އަނގައިގެ ކެންސަރުފަދަ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.
ޢާއްމުކޮށް އެއްމެން ވެސް ދަތް އުނގުޅަނީ، ހަމައެކަނި ހެނދުނު ނިދާ ހޭލައިގެންނެވެ. ރޭގަނޑު ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ގިނަ ބަޔަކު ފަރުވާކުޑަކޮށްލާފައިވާ ކަމެކެވެ. ދަންނަ ޖެހޭ ހަޤީޤަތަކީ ހެނދުނު އުނގުޅާ ދަތައްވުރެ ރޭ ގަނޑު ނިދުމުގެ ކުރިން އުނގުޅާ ދަތުގެ ފައިދާ ބޮޑެވެ. ސަބަބަކީ، ދުވާލުދާ ހަތަރު ދަމު ކައިފައި ހުންނަ އެއްޗިއްސާއި ހަކުރު ދަތުގައި ހަރުލާފައި ހުންނާނެތީއެވެެ. އަދި އަނގައިގެ ތެރޭގައި ހުންނަ ބެކްޓީރިއާ ތައް ބޮޑަށް ޙަރަކާތްތެރިވާނީ ރޭގަނޑު ކަމަށް ވާތީވެސް މެއެވެ. ވުމާއި އެކު ހުރިހާ ބޭފުޅުންވެސް ކޮއްމެ ރެއަކު ނިދުމުގެ ކުރިން ދަތް އުނގުޅުމަށް އާދަކުރަމާ ހިނގާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް