ތުޅާދޫ ބަނދަރުގައި އޮތް "ނިޔާމަ" ބޯޓުގައި ރޯވެ އަނދައިފި

ބ.ތުޅާދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ. ރޯވެ އަނދާފައިވަނީ ބ އަތޮޅުން މާލެ ދަތުރުކުރާ "ނިޔާމަ" ބޯޓެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 2:30 ހާއިރު ތުޅާދޫ ބަނދަރުގ...

25 Dec 2015 | 04:57

ބ.ތުޅާދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.

ރޯވެ އަނދާފައިވަނީ ބ އަތޮޅުން މާލެ ދަތުރުކުރާ "ނިޔާމަ" ބޯޓެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 2:30 ހާއިރު ތުޅާދޫ ބަނދަރުގައި ބޯޓު އަޅާފައި އޮއްވަ އެވެ. ހާދިސާ ހިނގިއިރު ބޯޓުގައި ތިބިކަމަށް މައުލޫމާތު ލިބެނީ ފަސް ބިދޭސީންނެވެ. އޭގެން އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ހާމަކުރެ އެވެ.

https://www.youtube.com/watch?v=WmEkY-_Ldqc

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯޓުގައި ރޯވި އަލިފާން ނިއްވާލެވުނީ ފަތިހު 4:30 ހާއިރު ކަމަށެވެ. އަދި ބޯޓުގެ ބޮޑުބައި އަނދާ ހުލިވެފައިވާއިރު ބޯޓުގައި މުދާ ނެތް ކަމަށްވެސް އޮފިޝަލް ހާމަކުރެ އެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް