ހުރާގައި އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން -- ފޮޓޯ: އިމިގްރޭޝަން
ކ. ހުރާގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުގައި ސައްހަ ލިޔެކިޔުން ހުރިތޯ ބެލުމަށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފި އެވެ.
މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ އިއްޔެ ހެނދުނު 6:00 ން ހަވީރު 5:00 އަށެވެ.
އިމިގްރޭޝަނުން ބުނީ މި ރެއިޑް އޮޕަރޭޝަންގައި އެރަށުގައި މަސައްކަތް ކުރާ 341 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބަލާފައިވަނީ އެ މީހުން ހުރާގައި މަސައްކަތް ކުރަނީ ސައްހަ ވިސާގައި ތޯއާއި ބިދޭސީން އަތުގައި ހުންނަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމަތޯ އެވެ.
މި އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ 43 މީހުން ހޯދިފައިވާއިރު އެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.


އިމިގްރޭޝަނުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް