އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން އައްޔަންކުރަން ނިންމައިފި އެވެ.
މި މަގާމުގައި ކުރިން ހުންނެވީ، މުނޫ މަހާވަރެވެ. އޭނާގެ ދައުރު މި މަހު ހަމަވާއިރު، އޭނާ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރު އެވެ.
ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ. އޭނާ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރަކަށް މިވަގުތު ހުންނެވީ މުނޫ މަހާވިރުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް