ބަންގާޅު ކަނޑުގައިހުރި ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވެއްޖެ

ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ ބާރު އިތުރަށްގަދަވެ "ޑިޕްރެޝަން"އަކަށް ބަދަލުވެއްޖެއެވެ. އިންޑިއާގެ މެޓުން ބުނެފައިވާގޮތުގައި އެ ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ ހުޅަނގު އުތުރަށެވެ. އެއީ ރ...

25 Nov 2024 | 12:09

ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުގެ ބާރު އިތުރަށްގަދަވެ "ޑިޕްރެޝަން"އަކަށް ބަދަލުވެއްޖެއެވެ.

އިންޑިއާގެ މެޓުން ބުނެފައިވާގޮތުގައި އެ ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ ހުޅަނގު އުތުރަށެވެ. އެއީ ރާއްޖެއާއި ދުރަށެވެ.

މި ކޮޅިގަނޑުގެ ޑިޕްރެޝަނަކަށް ބަދަލުވެފައިވަނީ މިއަދު ހެނދުނުނުގެ ވަގުތެއްގައެވެ. ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މާދަމާ ހެނދުނުގެ ވަގުތެއްގައި "ޑީޕް ޑިޕްރެޝަން" އަކަށް ބަދަލުވާނެކަމަށް ލަފާކޮށްފައިވެއެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަކަށް އަދި ފޯކާސްޓްކޮށްފައެއް ނުވެއެވެ. މިހާތަނަށް ފޯކާސްޓްކޮށްފައިވަނީ ބުދަ ދުވަހާއި ހަމައަށް މި ކޮޅިގަނޑުގެ ބާރު ޑީޕް ޑިޕްރެޝަނެއްގެ ދަރަޖައަށް ބަދަލުވާނެ ކަމަށެވެ. ޑީޕް ޑިޕްރެޝަނަކަށްވުރެ ބާރުގަދަވެއްޖެނަމަ ދެން ބަދަލުވާނީ ތޫފާނެއްގެ ދަރަޖައަށެވެ.

ތޫފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނަށް ދޭނެ ނަމަކީ ތޫފާން “Fengal” އެވެ. އެ ނަމަކީ ސައޫދީ އަރަބިއްޔާއިން ދީފައިވާ ނަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް