ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާކުގައި ބަރަހަނާ ހާލުގައި ސިނގިރޭޓުބޯން ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ ލޯކަޅު އަވި އައިނެއް އަޅައިގެން ފައިވާނަކަށް އަރައިގެން ހުރި މީހަކު އެ ޕާކުގައި ހަމަޖެހިލައިގެން ހުރެ ދެކޮޅަށް ހިނގަމުން ސިނގިރޭޓު ބޯ މަންޒަރެވެ.
އެމީހާގެ ކައިރީގައި ދަބަހަކާއި ހެލްމެޓެއް އޮތް އިރު ބަޔަކުގޮސް ވީޑިއޯކުރަން ފެށުމުން ޓީޝާޓްލާން މަސައްކަތްކުރާ މަންޒަރު ފެނިގެންދެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް