އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މިމަހުގެ 28 ގައި ބާއްވަން ތައްޔާރުވެއްޖެ

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގަ ބާއްވަން ހަމަޖެހިފައިވާއިރު، މި ކޮނ...

25 Nov 2024 | 06:59

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގަ ބާއްވަން ހަމަޖެހިފައިވާއިރު، މި ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރު ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސެއް ބާއްވަން މިނިސްޓްރީން ނިންމި އިރު، ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން މި ސަރުކާރުން މޯލްޑިވްސް ޒަކާތުގެ ހައުސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ ދާއިރާ ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒަކާތު ހައުސް އިން ބުނީ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި، ޒަކާތުގެ މަންފާ އޭގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްޤީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް