ތައިލެންޑްގައި ހުންނަ ދިވެހި ސަފީރުކަމަށް ފުއާދު ތައުފީގު އައްޔަންކުރުމަށް ނަން ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފުއާދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާކަން އެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާނުކުރައްވާފައިވެއެވެ.
މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް ފުއާދު ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. 04 ސެޕްޓެމްބަރ 2008 އިން ފެށިގެން 23 ނޮވެމްބަރ 2024 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގައި ދެ ފަހަރެއްގެ މަތިން ރައީސްކަން، އެއް ފަހަރު އިންތިގާލީ ރައީސްކަން އަދި ދެ ފަހަރެއްގެ މަތިން އެ ކޮމިޝަންގެ މެންބަރުކަން ފުއާދު އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް