ޕްރިމިއާ ލީގު: އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗު އެއްވަރު

އެރިކް ޓެންހާގް ވަކިކުރުމަށް ފަހު، އާ ކޯޗު ރުބެން އަމޮރިމް މެންޗެސްޓަރ ޔުނައިޓެޑްގެ ޓީމާއި ހަވާލުވެ، އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ. އިޕްސްވިޗ...

25 Nov 2024 | 04:24

އެރިކް ޓެންހާގް ވަކިކުރުމަށް ފަހު، އާ ކޯޗު ރުބެން އަމޮރިމް މެންޗެސްޓަރ ޔުނައިޓެޑްގެ ޓީމާއި ހަވާލުވެ، އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އިޕްސްވިޗު ޓައުންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ޔުނައިޓެޑަށް 12 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ 12 ވަނައިގަ އެވެ. އިޕްސިވިޗް އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.

އިޕްސިވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 ސިކުންތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ލަނޑުޖަހާ ލީޑު ނަގާފަ އެވެ. އަމަދު ޑިއޯލާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި އޮމާރީ ހަޗިންސަން ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އިޕްސިިވިޗަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް