މި އަހަރަކީ ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު: ޑރ. ޝަހީމް

މި އަހަރަކީ ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރި...

25 Nov 2024 | 04:06

މި އަހަރަކީ ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެ ވުޒާރާއިން ކުރައްވާ ފައިވާ މަސައްކަތްތައްކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޒަކާތު ފަންޑަށް ގިނަ ޢަދަދަކަށް ފައިސާ ލިބުނު އަހަރުކަމަށެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަނަށްޑަށް 90 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަމާޒަކީ މިއަހަރު ނިމޭއިރު ޒަކާތު ފަންޑު 100 މިލިޔަން ރުފިޔާއާ ހަމައަށް ގެންދިޔުންކަމަށް ކަމަށާއި މީގެ އިތުރުން ޒަކާތު ފަންޑު މިހާރަށް ވުރެ ބޮޑަށް ތަރައްޤީކުރުންކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވަޒިރު ވިދާޅުވިއެވެ.

"މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޒަކާތު ފަންޑަށް ގިނަ ޢަދަދަކަށް ފައިސާ ލިބުނު އަހަރު. މިއީ ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި ދީނީ ދާއިރައިން ހާސިލްކުރި ބޮޑު ކާމިޔާބީއެއް."އިސްލާމީ މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުން އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް، އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް