އެންމެ މަޤްބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް މިފަހަރުވެސް ރާއްޖެއަށް

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ރާއްޖެއަށްލިބިއްޖެއެވެ. މިއެވޯޑް މިފަހަރުވެސް ރާއްޖެއަށް ލިބުނުއިރު، މިއީ މި އެވޯޑް ޖެހިޖެހިގެން ރާއްޖެއަށް ލިބުނު ފަސް ވަނަ ފަހަރެވެ. މިފަހަ...

25 Nov 2024 | 03:16

ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް، ރާއްޖެއަށްލިބިއްޖެއެވެ.

މިއެވޯޑް މިފަހަރުވެސް ރާއްޖެއަށް ލިބުނުއިރު، މިއީ މި އެވޯޑް ޖެހިޖެހިގެން ރާއްޖެއަށް ލިބުނު ފަސް ވަނަ ފަހަރެވެ.

މިފަހަރުގެ އެވޯޑް ރާއްޖެއިން ހޯދީ 18 ޤައުމަކާއި ވާދަކޮށްގެންނެވެ.

ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަން، ނުވަތަ ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ޕޯޗުގަލްގެ މަދީރާގައި ބޭއްވި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޯލްޑް ލީޑިން ޓުއަރިޒަމް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހާސިލުކޮށްފައިވާއިރު، 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ދުނިޔޭގެ މަޤްބޫލް މަންޒިލްތަކާއި ވާދަކޮށް މި އެވޯޑް ހާސިލުކުރަމުންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިތުރުން، މިއަހަރު ރާއްޖެއިން ވަނީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލް ނުވަތަ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑްވެސް ހާސިލުކޮށްފައެވެ.

މިއީ މި އެވޯޑް ރާއްޖެއިން ހާސިލުކުރި ފުރަތަމަ ފަހަރެވެ. މި ދެ އެވޯޑްގެ އިތުރުންވެސް ރާއްޖެއިން ވަނީ ގިނަ އެވޯޑްތަކެއް މި އަހަރު ހޯދާފައެވެ. އޭގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކަށް ލިބުނު އެވޯޑްތައްވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް