މަޖިލިސް އިންތިހާބުގައި ޖޭޕީ ޕީއެންސީ ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ. މިކަން ހާމަކުރަމުން ޖޭޕީގެ ...

25 Nov 2023 | 18:33

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.

މިކަން ހާމަކުރަމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ޖޭޕީ ކައުންސިލުގެ 161 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުމާއެކު އަންނަ މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ޕީއެންސީއާއެކު މިރޭ ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ.

"ޖޭޕީ ކައުންސިލުން ނަގާފައިވާ ކޮމިޓީގެ ބޭފުޅުންނާއި، ޕީއެންސީގެ ބޭފުޅުން ވަނީ ބައދަލުކުރައްވާފަ، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި" އަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޝްވަރާގެ އިތުރު ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

އަލީ މީޑިއާއާއި ހިއްސާކުރެއްވި ފޮޓޯތަކަށް ބަލާއިރު މަޝްވަރާގެ އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބު ލީޑަރު އަދި ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި ނިހާން އާއި ރިޔާޒު ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމްގެ އިތުރުން މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް