ރައީސް ޔާމީންގެ އާ ޕާޓީއަކީ "ޕީޕަލްސް ނެޝަނަލް ފްރަންޓް" ޕީއެންއެފް

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދާ އާ ޕާޓީގެ ނަމާއި އެ ޕާޓީގެ ލޯގޯ އަދި ކުލަ އާއްމުކޮށްފިއެވެ. އެގޮތުން އެޕާޓީގެ އެކްސް ހޭންޑަލް އާންމުކޮށްފައިވާއިރު އެ ޕާޓީއަށް ކިޔަން ނިންމާފައިވާ ނަމަކީ "ޕީޕަ...

25 Nov 2023 | 16:39

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދާ އާ ޕާޓީގެ ނަމާއި އެ ޕާޓީގެ ލޯގޯ އަދި ކުލަ އާއްމުކޮށްފިއެވެ.

އެގޮތުން އެޕާޓީގެ އެކްސް ހޭންޑަލް އާންމުކޮށްފައިވާއިރު އެ ޕާޓީއަށް ކިޔަން ނިންމާފައިވާ ނަމަކީ "ޕީޕަލްސް ނެޝަނަލް ފްރަންޓް" (ޕީއެންއެފް) އެވެ.

ލޯގޯއަކަށް ބޭނުންކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިނަށް އެރުވުމާއެކު އޭރު ކެމްޕޭނަށް ބޭނުންކުރި ލޯގޯއާއި އެއްގޮތް ކަމެއް ހުންނަ ލޯގޯއެކެވެ. ކުލައަކީ ދަނބު ކުލައެވެ.

ޕާޓީގެ ލޯގޯއާއި ނަން ހާމަކޮށްފައިވާއިރު ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް މާދަމާ އެދޭނެ ކަމުގައި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް