ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަފްތާއެއް ވީ އިރު ހަފްތާއެއްގެ ތެރޭގައި ދެވަނަ ސްޓޭޓް މިނިސްޓަރަކު މަގާމުން ވަކިކޮށްފިއެވެ.
ވަކިކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރި ޏ. ފުވައްމުލައް، މިސްކިތްމަގު، މާވޭދު، މުންއިމް އަނީސް އެވެ.
މުންއިން އެ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން ޔަގީންކޮށްދެއެވެ. އެ އޮފީހުން މައުލޫމާތުދީފައިވާގޮތުގައި މުންއިން އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
މުންއިންއެ މަގާމަށް އައްޔަނުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
މުންއިމް މަގާމުން ވަކިކޮށްފައިވާއިރު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކުރިން ސިވިލް ސާވިސްގެ ރައީސްކަމުން ވަކިކޮށްފައިވާ މުހައްމަދު ފަހުމީ ހަސަންވެސް ވަނީ ސްޓޭޓް މިނިސްޓަރު ކަމުން ވަކިކޮށްފައެވެ.
ފަހުމީ އައްޔަނުކޮށްފައި ހުރީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް