ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތްކުރާ ޕާޓީގެ އޮފީހަކަށް ވާނީ މިހާރު ޕީޕީއެމްގެ އޮފީސްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އޮފީސްކަމުގެ އިޝާރާތެއް މަލީހް ޖަމާލް ދެއްވައިފިއެވެ.
މަލީހް މިހެން ވިދާޅުވީ ރައީސް ޔާމީންއާއެކު ނިކުތް ޓީމުން މީޑިއާއަށް މައުލޫމާތުދިނުމަށް ހަދާފައިވާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އެ އޮފީސް ހުސްކުރަން ޕީޕީއެމް އަށް އަންގާފައިވާކަން ކުރިން މަލީހް ބުނެފައިވެއެވެ.
އެއާއެކު ނޫސްވެރިއަކު ސުވާލުކޮށްފައިވަނީ އަލަށް އުފައްދާ ޕާޓީގެ އޮފީހަކަށް އެ އޮފީސް ހަދާނެތޯ؟ އެވެ.
ޖަވާބުގައި މަލީހް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އެ މިސްރާބަށް ކަންކަން ގެންދެވޭތޯ ކަމަށެވެ.
ޕީޕީއެމް އޮފީސް މިހާރު ހިންގަމުން އަންނަ އެ އިމާރާތް، ހ. ހުރަފާ، ބޮޑުތަކުރުފާނު މަގަށް އެ ޕާޓީގެ އޮފީސް ބަދަލުކުރީ ރައީސް ޔާމީންގެ ދައުރުގައި ރައީސް މައުމޫނާއި ބައިބައިވެ ޕާޓީ ދެ ފަޅިވެގެންދިޔަ ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް