މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ)އިން އިންތިޒާމްކޮށްގެން ބާއްވާ 'ނޫސްވެރިކަމުގެ އިނާމު 2023ގެ މެއިން ޕަރޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.
އެމް.އެމް.ސީއިން ކޮންމެ އަހަރަކުވެސް ބާއްވާ މި ހަފްލާއަކީ ދިވެހި ނޫސްވެރިންގެ މަސައްކަތްތެރިކަމަށް އަލިއަޅުވާލާ އެފަރާތްތަކުގަ ކާމިޔާބީތައް ފާހަގަކުރުމަށް ދޭ އެވޯޑުތަކެކެވެ. މި ހަފްލާގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ނޫސްވެރިން ކުރަމުންދާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް އިނާމު ދިނުމެވެ. އެގޮތުން ޕްރިންޓް، ބްރޯޑްކާސްޓް އަދި ޑިޖިޓަލް ނޫސްވެރިކަމުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފީޗަރ ރިޕޯޓިންގ، އިންވެސްޓިގޭޓިވް ޖާނަލިޒަމް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ރިޕޯޓިން ފަދަ ކެޓަގަރީތަކުން އިނާމު ހަވާލުކުރެއެވެ.
މި އަހަރުގެ 'ނޫސްވެރިކަމުގެ އިނާމު 2023 ޕަވަރޑް ބައި ދިރާގު' 25 ނޮވެންބަރު (މިރޭ) ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފްލާގައި 12 ކެޓެގަރީއަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެއެވެ. އަދި އެންމެ ޝަރަފުވެރި 'ޖާނަލިސްޓް އޮފް ދަ ޔަރ' އެވޯޑު ހޮވުމަށް ހަމަޖެހިފައިވާނީ ވޯޓަރ އެސް.އެމް.އެސްއިންނެވެ. އެގޮތުން މިއަހަރު ހަތަރު ނޫސްވެރިއަކު ވަނީ ނޮމިނޭޓްވެފައެވެ. އެއީ:
1- އަލީ ޔާމިން - ވަން އޮންލައިން
2- އަހުމަދު ނާއިފް – ދައުރު
3- އާސިމާ ނިޒާރު – މިހާރު
4- ލައިސާ އަހުމަދު - ރާއްޖެ ޓީވީ
ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް