ހޯމަ ރޭގެ މެޗުގައި ނޭމާ އަދި ޑެނީލޯއަށް ނުކުޅެވޭނެ

އަންނަ ހޯމަ ދުވަހުގެ ރޭ ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގައި ބްރެޒިލްގެ ނޭމާ އާއި ޑެނީލޯއަށް ނުކުވޭނެކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރަމުން ބްރެޒިލްގެ ޓީމް ޑޮކްޓަރ ރޮޑްރީގޯ ލާސްމާ ބުނެފަ...

25 Nov 2022 | 18:24

އަންނަ ހޯމަ ދުވަހުގެ ރޭ ބްރެޒިލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގައި ބްރެޒިލްގެ ނޭމާ އާއި ޑެނީލޯއަށް ނުކުވޭނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރަމުން ބްރެޒިލްގެ ޓީމް ޑޮކްޓަރ ރޮޑްރީގޯ ލާސްމާ ބުނެފައިވަނީ ނޭމާ އަދި ޑަނީލޯގެ ފައިގެ އެމްއާރްއައިއެއް މިއަދު މެންދުރުފަހު ހަދާފައިވާކަމަށާއި ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވެފައިވާކަން ދެނެގަނެވިފައިވާކަމަށެވެ.

"ޔަގީނުންވެސް ކުރިއަށް އޮތް މެޗު ދެ ކުޅުންތެރިންނަށްވެސް ނުކުޅެވޭނެ، މި ވޯލްޑްކަޕްގައި ދެ ކުޅުންތެރިންނަށްވެސް އިތުރަށް ކުޅެވޭނީ ކަންކަން ގާތުން ބަލަމުންގޮސް، ފިޓް ވުމުން" އޭނާ ބުނެފައިވެއެވެ.

ނޭމާ އަދި ޑެނީލޯއަށް އަނިޔާވެފައިވަނީ ސާބިއާއާއި ދެކޮޅަށް ރޭގައި ކުޅުނު މެޗުގައެވެ. މި މެޗުން ބްރެޒިލް 2:0 އިން މޮޅުވެފައިވާއިރު ބްރެޒިލް ހިމެނޭ ގްރޫޕް ޑީގައި ބްރެޒިލް އަދި ސްވިޒަލެންޑް އޮތީ ތިން ޕޮއިންޓާއެކު ކުރީގައެވެ. މި ގްރޫޕްގައި ހިމެނޭ ކެމަރޫން އަދި ސާބިއާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00ގައި ބްރެޒިލް ބައްދަލުކުރާނީ ސްވިޒަލެންޑާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް