ރޭގެ ބްރެޒިލް މެޗު އުރީދޫ ފޭންޒޯންގައި ވަރަށް ފޯރިގަދަ

އުރީދޫ މޯލްޑިވްސްއިން މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އާޓިފިޝަލް ބީޗުގައި ގާއިމްކޮށްފައިވާ އުރީދޫ ފޭން ޒޯންގައި ރެއަށް ފޯރިގަދަ ރެއެކެވެ. ހާއްސަގޮތެއްގައި ފޯރި އިތުރަށް ގަދަވެގެންދިޔައީ ބްރެޒިލް އާއި ...

25 Nov 2022 | 12:15

އުރީދޫ މޯލްޑިވްސްއިން މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އާޓިފިޝަލް ބީޗުގައި ގާއިމްކޮށްފައިވާ އުރީދޫ ފޭން ޒޯންގައި ރެއަށް ފޯރިގަދަ ރެއެކެވެ.

ހާއްސަގޮތެއްގައި ފޯރި އިތުރަށް ގަދަވެގެންދިޔައީ ބްރެޒިލް އާއި ސާބިއާ މެޗުގެ ވަގުތުގައެވެ. ދަންވަރު 12:00ގައި ފެށި މެޗު ދޭއް ޖަހާ ބޮޑުވިފަހުން ނިމުނު އިރުވެސް އުރީދޫ ފޭންޒޯން އޮތީ ސަޕޯޓަރުންގެ ފޯރިން ގުގުމާލާފައެވެ.

ގުރޫޕް ޖީގައި ރޭ ސާބިއާއާއި ބްރެޒިލް ބައްދަލުކުރި މެޗު ބްރެޒިލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް ސާބިއާ އަތުން ހޯދި މި މޮޅުން ލިބުނު ތިން ޕޮއިންޓާއި އެކު އެ ޓީމު އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން އިފްތިތާހްކޮށްފައެވެ.

އުރީދޫ ފޭން ޒޯންތަކަކީ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާނެޓާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި މާލެ ސިޓީ ކައުންސިލާއި ޕްރިންޓް ލެބާއި، އިވެންޓް މޯލްޑިވްސް އާއި ރާއްޖޭގެ ބޮޑެތި ކެފޭތަކާއި ރަށު ކައުންސިލްތަކާއި ޒުވާނުން ބާރުވެރިކުރުވުމުގެ ޖަމިއްޔާޖަމާއަތްތަކާ ގުޅިގެން އުފައްދާފައިވާ ޒޯންތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް