ފީފާ ވޯލްޑް ކަޕް 2022: އިންގްލެންޑް - ޔޫއެސްއޭ މެޗު ޕްރިވިޔު

މިއީ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މި ދެ ޓީމު ވެސް ކުޅޭނެ 2 ވަނަ މެޗެވެ. ތާރީޚް: 26 ނޮވެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް ގްރޫޕް: ބީ ހެޑް-ޓު-ހެޑް ނަތީޖާތައް: ވޯލްޑް ކ...

25 Nov 2022 | 11:59

މިއީ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މި ދެ ޓީމު ވެސް ކުޅޭނެ 2 ވަނަ މެޗެވެ.

ތާރީޚް: 26 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް

ގްރޫޕް: ބީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

ވޯލްޑް ކަޕްގައި މި ދެ ގައުމު މިހާތަނަށް 2 ފަހަރު ކުރިމަތިލާފައިވާއިރު، އިންގްލެންޑަށް އެންމެ މެޗަކުން ވެސް މޮޅުވެވިފައެއް ނުވެއެވެ. އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗު ޔޫއެސްއޭ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

އިންގްލެންޑުން މި މެޗަށް ނުކުންނައިރު، ފުރަތަމަ މެޗުން އެ ޓީމު ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިން އިރާން ބަލިކޮށްފައެވެ. ޔޫއެސްއޭ ވޭލްސްއާ ކުޅުނު މެޗު ވީ އެއްވަރެވެ. އެހެންކަމުން، މިރޭގެ މެޗުން އިންގްލެންޑް މޮޅުވެއްޖެނަމަ ބާކީ 1 މެޗު އޮއްވާ ދެ ވަނަ ބުރު ގާތްގަނޑަކަށް ކަށަވަރުވާނެއެވެ.

އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭންއަށް އަނިޔާވި ނަމަވެސް، މިރޭގެ މެޗަށް އޭނާ ފިޓްވެ، ފުރަތަމަ 11 އިން ފެންނާނެކަމަށް ބެލެވެއެވެ. އެހެންކަމުން އިނގިރޭސި ޓީމުން ބަދަލުތަކެއް ފެންނާނެކަމަށް ނުބެލެވޭއިރު، އެ ޓީމުން ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުން ދެއްކިއްޖެނަމަ ޔޫއެސްއޭ ބަލިކުރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ޔޫއެސްއޭ ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްއާ ދެކޮޅަށް އެ ޓީމުން މޮޅު ކުޅުމެއް ދެއްކިނަމަވެސް، ދެ ވަނަ ހާފު ޑޮމިނޭޓް ކުރީ ވޭލްސް އިންނެވެ. އެ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ނަމަވެސް، އިންގްލެންޑް އަތުން މޮޅުވާން ބޭނުންވާނަމަ، އެއް ފެންވަރެއްގައި މިރޭ މޮޅު ކުޅުމެއް ދައްކަން ޖެހޭނެއެވެ.

އިންގްލެންޑްގެ ލަފާކުރެވޭ ފުރަތަމަ 11:

ޕިކްފޯޑް، ޓްރިޕިއާ، ސްޓޯންސް، މެގުއަޔާ، ޝޯ، ރައިސް، ބެލިންހަމް، ސަކާ، މައުންޓް، ސްޓާލިން، ކޭން

ޔޫއެސްއޭ ލަފާކުރެވޭ ފުރަތަމަ 11:

ޓާނާ، ޑެސްޓް، ޒިމާމެން، ރީމް، ރޮބިންސަން، މެކްކެނީ، އެޑަމްސް، މޫސާ، ވެއާ، ސާޖެންޓް، ޕުލިސިޗް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް