ފީފާ ވޯލްޑް ކަޕް 2022: ނެދަލެންޑްސް - އެކުއެޑޯ މެޗު ޕްރިވިޔު

މިއީ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މި ދެ ޓީމު ވެސް ކުޅޭނެ 2 ވަނަ މެޗެވެ. ތާރީޚް: 25 ނޮވެމްބަރ 2022 ގަޑި: 21:00 ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ގްރޫޕް: އޭ މި ގްރޫޕްގައި ނެދަލެންޑ...

25 Nov 2022 | 10:28

މިއީ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މި ދެ ޓީމު ވެސް ކުޅޭނެ 2 ވަނަ މެޗެވެ.

ތާރީޚް: 25 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގްރޫޕް: އޭ

މި ގްރޫޕްގައި ނެދަލެންޑްސް ފުރަތަމަ ކުޅުނު މެޗުން 2-0 ގެ ނަތީޖާއިން ސެނެގާލް ބަލިކޮށްފައިވާއިރު، ހަމަ އެ ނަތީޖާއިން އެކުއެޑޯއިން ވަނީ މުބާރާތް ބާއްވާ ގައުމު ގަތަރު ބަލިކޮށްފައެވެ. އެހެންކަމުން މި މެޗުން މޮޅުވާ ބަޔަކަށް ދެ ވަނަ ބުރުގެ ފުރުސަތު ގާތްގަނޑަކަށް ޔަގީން ވާނެއެވެ.

ނެދަލެންޑްސް އަށް މި ގްރޫޕްގެ އެއް ވަނަ ލިބިއްޖެނަމަ ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހޭނީ އިންގްލެންޑް، ވޭލްސް، ޔޫއެސްއޭ ނުވަތަ އިރާންއާ ދެކޮޅަށެވެ. އެހެނަސް، އަދި ނެދަލެންޑްސްގެ ވިސްނުން ބިނާވާނީ ހަމައެކަނި މިއަދުގެ މެޗަށެވެ. ސަބަބަކީ އެކުއެޑޯއިން އެ ޓީމަކީ ބަލި ޓީމެއް ނޫންކަން ފުރަތަމަ މެޗުން ސާބިތު ކޮށްދީފައިވާތީއެވެ.

ސައުތު އެމެރިކަން ކޮލިފިކޭޝަންގެ ގްރޫޕްގެ 4 ވަނައިގައި ނިންމައިގެން މުބާރާތަށް ކޮލިފައިވި އެކުއެޑޯ ޓީމުގެ ފުރަތަމަ މެޗުގެ ހީރޯއަކީ ވެލެންސިއާއެވެ. ގޯލު ޖެހުމުގެ ހުނަރު ދައްކާލި، ވެސްޓް ހޭމްއަށް ކުޅޭ ވެލެންސިއާ ވާނީ މި މެޗުގައި ނެދަލެންޑްސްއިން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކުޅުންތެރިޔާއަށް ކަމާމެދު ޝައްކެއް ނެތެވެ. އޭނާއަށް ފުރަތަމަ މެޗުގައި އަނިޔާގެ މައްސަލަ ކުރިމަތިވިޔަސް، މި މެޗުން ފެނުން ވަރަށް ގާތްކަމަށް ބެލެވެއެވެ. ފުރަތަމަ މެޗާ އަޅާކިޔާއިރު، މި މެޗުގައި އެކުއެޑޯ ޓީމުން ފެންނާނެ ހަމައެކަނި ބަދަލެއްކަމަށް ބެލެވެނީ މައިކަލް އެސްޓްރަޑާގެ ބަދަލުގައި ޖެރެމީ ފުރަތަމަ 11 ގައި ހިމެނުމެވެ.

ނެދަލެންޑްސް ޓީމުން ފުރަތަމަ މެޗުގައި ކުޅުނީ 2-5-3 ފޯމޭޝަނަށެވެ. ނެދަލެންޑްސް އިން މިކަން ބަދަލުކުރާނެކަމަށް ނުފެންނައިރު، މެދުތެރެއިން ފްރެންކީ ޑި ޔޯން އާއި ސްޓީވަން ބާގުއިސްއަށް ޖާގަ ޔަގީނެވެ. ފުލްބެކް އޭރިޔާ ބަލަހައްޓާނީ ޑަމްފްރީސް އާއި ބްލައިންޑެވެ.

ނެދަލެންޑްސްގެ ލަފާކުރެވޭ ފުރަތަމަ 11:

ނޮޕާޓް، ޑި ލައިޓް، ވެން ޑައިކް، އަކޭ، ޑަމްފްރީސް، ޑި ޔޮން، ބާގުއިސް، ބްލައިންޑް، ގަކްޕޯ، މެމްފިސް، ބާޖްވައިން

އެކުއެޑޯގެ ލަފާކުރެވޭ ފުރަތަމަ 11:

ގަލިންޑޭޒް، ޕްރެސިއާޑޯ، ޓޮރޭސް، ހިންކަޕީ، އެސްޓޫޕިނަން، ޕްލެޓާ، ސެއިސެޑޯ، މެންޑޭޒް، އިބާރާ، ސާމިއެންޓޯ، ވެލެންސިއާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް