މިއީ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީ ގައި މި ދެ ޓީމު ވެސް ކުޅޭނެ 2 ވަނަ މެޗެވެ.
ތާރީޚް: 25 ނޮވެމްބަރ 2022
ގަޑި: 18:00
ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް
ގްރޫޕް: އޭ
ފީފާ ރޭންކިންގ: ގަތަރު (50)، ސެނެގާލް (18)
މި ގްރޫޕްގައި ގަތަރު އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އެކުއެޑޯއާއެވެ. އެ މެޗުގައި ގަތަރަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، 2-0 ގެ ނަތީޖާއިން ބަލިވީއެވެ. ނަތީޖާއެއްގެ ގޮތުން މިރޭގެ މެޗާ ކުރިމަތިލާއިރު، މުބާރާތް ބާއްވާ ގައުމު ގަތަރު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ. އެހެންކަމުން މިރޭގެ މެޗުން މޮޅުވުން އެ ޓީމަށް މަޖުބޫރެވެ. ނޫންނަމަ، މި ފަހަރަކީ ވޯލްޑް ކަޕްގެ ތާރީޚްގައި މުބާރާތް ބާއްވާ ގައުމު ގްރޫޕް ސްޓޭޖުން ކަޓާ ދެ ވަނަ ފަހަރު ކަމުގައިވުން ވަރަށް ގާތެވެ. ގަތަރު ޓީމުގެ ހާލަތަށް ބަލާއިރު، ފުރަތަމަ މެޗުގައި އަނިޔާވި އެ ޓީމުގެ ގޯލްކީޕަރ މިރޭގެ މެޗުން ފެނުން ގާތެވެ. އެހެން ނަމަވެސް، ގިނަ ޑިފެންޑަރުންނަށް ރީނދޫ ކާޑު ދައްކާފައިވުމާއެކު، މި މެޗުގައި ކާޑެއް ދައްކައިފިނަމަ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ނުކުޅެވޭނެތީ، ޑިފެންސް ލައިނުން ކޮންމެވެސް ވަރަކަށް ބަދަލުތައް ފެނުން ގާތެވެ.
ސެނެގާލް ފުރަތަމަ މެޗުގައި ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުކަމުގައި ބެލެވޭ ނެދަލެންޑްސް އާ ދެކޮޅަށް ދެއްކި ކުޅުން ރަނގަޅެވެ. އެހެނަސް، މެޗުގެ ފަހުކޮޅު ވަން ދެ ލަނޑުން އެ ޓީމު ބަލިވީއެވެ. މި ދެ ލަނޑުގައި ވެސް ގޯލްކީޕަރ އެޑުއާޑް މެންޑީގެ މައްސަލަ ފާހަގަކުރެވުނެވެ. ފުރަތަމަ މެޗުން ބަލިވުމުން، ކުރިޔަށް ދިއުމަށް މި މެޗުން މޮޅުވުން ސެނެގާލްއަށް ވެސް މުހިންމުއިރު، ކުރިން މެޗުގައި އަނިޔާވެގެން ބަދަލުކުރި ޑިއަލޯ ފިޓްކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ސެނެގާލްއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.
ގަތަރުގެ ލަފާކުރެވޭ ފުރަތަމަ 11:
ބަރްޝާމް، ޕެޑްރޯ މިގުއެލް، ކޫކީ، ސަލްމާން، ހަސަން، އަހްމަދް، އަލް ހޭޑޮސް، ބޯޑިއަފް، ހާތެމް، އަލީ، އަފީފް
ސެނެގާލްގެ ލަފާކުރެވޭ ފުރަތަމަ 11:
ޑީންގް، ސަބަލީ، ކޮލިބަލީ، ސިސޭ، ޑިއަލޯ، ގުޔޭ، މެންޑީ، އެންޑިޔޭ، ސާރ، ޑިއޭޓާ، ޑިއާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް