ގަތަރުގައި މިހާރު ކުރިޔަށްދާ ފިފާ ވޯލްޑް ކަޕް2022 ގެ ގުރޫޕް ބީގައި ހިމެނޭ ވޭލްސް އަދި އީރާން މިއަދުގެ ކުރިމަތިލުމަށް ނުކުންނައިރު، މިއީ ގުރޫޕު ސްޓޭޖުގައި މި ޓީމުތަކުން ކުޅޭ ދެވަނަ މެޗެވެ.
ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ވޭލްސް ވާދަކުރީ އެމެރިކާ އާއެވެ. މި މެޗު 1-1 އިން ވީ އެއްވަރެވެ. އަދި އިރާން ފުރަތަމަ މެޗުގައި ބައްދަލުކުރީ އިންގްލެންޑާއެވެ. މި މެޗު 2-6 އިން ކާމިޔާބު ކުރީ އިންގްލެންޑެވެ. އެހެން ކަމުން މިއަދުގެ މެޗަކީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް މޮޅެއް ހޯދުން މަޖުބޫރު މެޗަކަށް ވެގެންދާނެއެވެ.
މިއަދުގެ މެޗުން އީރާން ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަބުރުގެ ފުރުސަތު އެއްކޮށް ކަހަލަ ހޮތަކަށް ބަންދުވެގެން ދާނެއެވެ. އީރާނަށް މިއަދުގެ މެޗުން މޮޅުވުން ނޫން ގޮތެއް ނެތެވެ. އަދި ވޭލްސް މިއަދުގެ މެޗުން ބަލިވެއްޖެ ނަމަ އެޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެންދާނެއެވެ. ވޭލްސް އަދި އީރާން މިއަދު ބައްދަލުކުރާ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެޓީމަކަށް ވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.
ވޭލްސް އާއި އިރާން މީގެކުރިން ބައްދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1978 ވަނަ އަހަރުގައި އެކުވެރި ކަމުގެ މެޗެއްގައެވެ. އެ މެޗު 1-0 އިން ކާމިޔާބުކޮށްފައި ވަނީ ވޭލްސްއެވެ. އެހެންކަމުން، މިއީ މި ދެ ޓީމުގެ ފުޓްބޯޅައިގެ ތާރީޚުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ.
މިއަދުގެ މެޗަށް ނިކުންނަ ވޭލްސްގެ ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން
ކިއެފާ މޫރޭ، ގަރްތު ބޭލް، ޑެނިއެލް ޖޭމްސް، ނެކޯ ވިލިއަމްސް، އާރޮން ރަމްޒޭ، ޖޯ އެލެން، ރޮބާޓްސް، ބެން ޑޭވީސް، ޖޯ ރޮޑެން، އީތަން އަމްޕަޑޫ، ވޭން ހެންނެސޭ
މިއަދުގެ މެޗަށް ނިކުންނަ އީރާންގެ ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން
މަހުދީ ޠާރިމީ، ވަހީދް އަމީރީ، އަހުމަދު ނޫރުއްލާހީ، ސާމާން ގުއްދޫސް، އަލީރިޒާ ޖަހަންބަކްޝް، ސައީދު އިއްޒަތުއްލާހީ، އިހްސާން ހާޖްޞަފީ، މާޖިދު ހުސައިނީ، މުހައްމަދު ހުސައިން ކަންއާނީ، ޞާދިގު މުހައްރަމީ، އަލީރިޒާ ބީރަންވަންދް.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް