ގޮއިދޫ ސްކޫލްގައި އަށް ކްލާސްރޫމް އަޅަން ބަޔަކާއި ހަވަލުކޮށްފި

ށ.ގޮއިދޫ ސްކޫލްގައި އަށް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މި...

25 Nov 2022 | 05:34

ށ.ގޮއިދޫ ސްކޫލްގައި އަށް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހީމެވެ، އަފާމީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަމީން މުހައްމަދެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް މަޝްރޫއެއް ކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ12.2 މިލިއަން ރުފިޔާ އަށެވެ.

މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް