ވޯލްޑް ކަޕް2022 ގުރޫޕް ޖީގައި ރޭ ސާބިއާއާއި ބްރެޒިލް ބައްދަލުކުރި މެޗު ބްރެޒިލުން ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗު ބްރެޒިލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
މޮޅު ކުޅުމެއް ބްރެޒިލްގެ ފަރާތުން ފެނިގެން ދިޔައިރުު، މި ހާފުގައި އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލީ ވެސް ބްރެޒިލުންނެވެ. މިޑްފިލްޑަރު ކަސެމީރޯ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ ސާބިއާގެ ކީޕަރު ވަންޔާ މިލިންކޮވިޗް މަތަކުރިއެވެ.
މީގެ އިތުރުން ރަފީނިޔާ ސާބިއާގެ ގޯލު އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލީ ބާރު ހަމަލާއެއް ވެސް ކީޕަރު މިލިންކޮވިޗް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި ސާބިއާ އަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފު ގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް ބްރެޒިލަށް ލިބުނުއިރު، ރަފިންހާ އަށް ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިފާއުކުރީ ކީޕަރު ސަވިޗް އެވެ. މީގެ އިތުރުން ނޭމާ އަށް ވެސް ވަނީ
ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަރިމަތިން ވިނީޝިއުސް ނަގައިދިން ހުރަސް ހުސްކޮށް ހުރެ ނޭމާ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ބްރެޒިލުން ލީޑު މެގީ މެޗުގެ 62 ވަނަ މިނެޓުގަ އެވެ. ވިނީޝިއުސް ފޮނުވާލި ބާރު ހަމާލާއެއް ސާބިއާ ކީޕަރު މިލިންކޮވިޗް ސަވިޗްގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ގޯލުތެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ބްރެޒިލް އަށް ޖަހައިދިނީ. ރިޗާލިސަންއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބްރެޒިލުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖަހައިދިނީ ވިނީޝިއުސް ނަގައިދިން ހުރަހަކުން ރިޗާލިސަންއެވެ.
ދުނިޔޭގެ ޗެމްޕިއަންކަން މީގެ ކުރިން ފަސް ފަަހަރު ހޯދާފައިވާ ބްރެޒިލް ސާބިއާ އަތުން ހޯދި މި މޮޅުން ލިބުނު ތިން ޕޮއިންޓާއި އެކު އެ ޓީމު އޮތީ ގްރޫޕްގެ އެއް ވަނައިގަ އެވެ. ދެ ވަނަގައި އޮތީ ކެމަރޫން އަތުން މޮޅުވި ސްވިޒަލެންޑެވެ. ދެވަނަ ލިބެނީ އެޓީމަށެވެ. ބްރެޒިލް އާއި އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު، ބްރެޒިލް އަށް ކުރި ލިބެނި ފައިދާ ގޯލުގެ ތަފާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް