އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ ބައިން އެއްވަނަ އެޗްޑީސީއަށް

25 Oct 2026 | 07:57
އުފެއްދުންތެރިކަމުގެ މައުރޒަުގައި އެޗްޑީސީއަށް އެވޯޑު ދެނީ -- ފޮޓޯ: ރައީސް އޮފީސް

އުފެއްދުންތެރިކަމުގެ މައުރޒަުގައި އެޗްޑީސީއަށް އެވޯޑު ދެނީ -- ފޮޓޯ: ރައީސް އޮފީސް

މިއަދު ފަށާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ ބައިން އެއް ވަނަ ހައުސިން ޑީވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެ އެވެ.

މި އެވޯޑު އެ ކުންފުންޏާއި ހަވާލު ކޮށްދެއްވީ ރޭ ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. އެވާޑާއި އެޗްޑީސީ ފަރާތުން ހަވާޅުވެވަޑައިގެންނެވީ އެޗްޑީސީގެ މާކެޓިން އެސިސްޓަންޓް ޑިރެކްޓަރު މަލްޝާ ޝަރީފެވެ.

އެޗްޑީސީ މި މަގާމު ހޯދީ ސަރުކާރުގެ 30 އަށްވުރެ ކުންފުނިތަކާއި ވާދަ ކޮށްގެންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 298 އެވޯޑެއް ދީފައިވެއެވެ. އެކި ދާއިރާތަކުން 116 ފަރާތަކަށް އެއްވަނަ ލިބުނުއިރު، 95 ފަރާތަކަށް ދެވަނަ އަދި 82 ފަރާތަކަށް ތިންވަނަ ލިބިފައިވެއެވެ. މުބާރާތުގެ އެންމެ މަތީ ޝަރަފަށް ބެލެވޭ "ރަން" ހޯދީ ފަސް ފަރާތަކުންނެވެ.

ވަނަ ހޯދި ފަރާތްތަކުގެ ޢަދަދު 134 އަށް އަރާއިރު، ބައެއް ބައިވެރިންނަށް އެކި ފަންތިތަކުން އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވެއެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިމެނި ކެޓަގަރީގައި 14 ބައިވެރިއަކަށް 76 އެވޯޑު ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް